އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަން ނިންމައި، އެ ބައްދަވުންތައް ކުރިއަށް ދާނެ ތާރީހުތައް އިއުލާންކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލާޒިމުކުރާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުދޫ ރައްޔިތުންނަށް ހާއްސަކޮށް އޮންނާނީ އެރޭ 8:30 ގައި ސ. އަތޮޅު މަދަރުސާގަ އެވެ. ފޭދޫ ރައްޔިތުންނާ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އެ އަވަށު ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ އިރު، މަރަދޫފޭދު އާއި މަރަދޫ ރައްޔިތުންގެ ބައްދަލުވުން އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އިރުޝާދިއްޔާ ސްކޫލްގަ އެވެ.

ހިތަދޫ ބައްދަވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލްގަ އެވެ. އަދި މީދޫ ރައްޔިތުންގެ ބައްދަލުވުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ސ. އަތޮޅު މަދަރުސާގަ އެވެ.