Last Updated: July 16, 16:42
Thursday, July 16, 2026
ޚަބަރު

އޭއެފްސީގެ އެކްސްކޯއަކަށް ބައްސާމް

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ (އޭއެފްސީ)ގެ އެގްޒެކުޓިވް ކޮމެޓީ (އެކްސްކޯ)ގެ މެމްބަރުކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިންތިހާބުވެއްޖެ އެވެ.

ބައްސާމް އިންތިހާބުވެފައިވަނީ އޭއެފްސީގެ އެކްސްކޯގެ 2027-2023 ގެ ދައުރަށެވެ. އެކްސްކޯގައި ޖުމްލަ 8 މެމްބަރުން ތިއްބަވާނެ އެވެ.

ބަހްރެއިންގައި ކުރިއަށް ދިޔަ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބުގައި ވަނީ އޭއެފްސީގެ ރައީސްގެ މަގާމަށް ތިން ވަނަ ދައުރަކަށް، ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އިންތިހާބުކޮށްފަ އެވެ. އަދި އޭއެފްސީގެ ނައިބު ރައީސުންގެ މަގާމަށް ފަސް ފަރާތެއް އިންތިހާބުކޮށްފައިވާއިރު ފީފާ ކައުންސިލަށް ހަ މެމްބަރަކު ވަނީ އިންތިހާބުކޮށްފަ އެވެ.

މީގެއިތުރުން އޭއެފްސީ އަންހެން އެގްޒެކްޓިވް ކޮމިޓީ އަށް ހަތަރު މެމްބަރަކު ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.

މިއަދުގެ ކޮންގްރެސްގައި ވަނީ 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ބާއްވާނެ ގައުމަކީ ސައުދީ އަރަބިއްޔާ ކަމުގައި ވެސް ކަނޑައަޅާފަ އެވެ.