Last Updated: June 29, 10:25
Monday, June 29, 2026
ކުޅިވަރު

އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް: ޔަޝީ އަދި ކަސްޓަމްސް މޮޅުވެއްޖެ

ހޮރައިޒަން އެކަޑަމީގައި ކުރިއަށްދާ ސައުތް ރީޖަން 5 ވަނަ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގައި ރޭ ޔަޝީ އާއި ޕްރޯ ފައިވް ބައްދަލު ކުރި މެޗް ޔަޝި ކާމިޔާބް ކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗް ޔަޝީ ކާމިޔާބް ކޮށްފައިވަނީ 3-2 ސެޓުންނެވެ.

ރޭގެ ދެވަނަ މެޗްގައި ދިރާގްގެ ސްމާޓް ޓީމާއި ކަސްޓަމްސް ރިކްރިއޭޝަން ބައްދަލު ކުރި މެޗް 4-1 ން ކާމިޔާބް ކުރީ ކަސްޓަމްސްއިންނެވެ.

މިރޭ ވެސް މި މުބާރާތުގެ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗްގައި ސަބަތު ކެފޭ އާއި ފްރޯ އެކްސް ބައްދަލު ކުރާއިރު ފަހު މެޗްގައި ބައްދަލު ކުރާނީ ހިތަދޫ ސްކޫލް އާއި ޕްރޯ ފައިވްއެވެ.