Last Updated: April 24, 23:11
Thursday, April 25, 2024
މުނިފޫހިފިލުވުން

ރަންބީރާއި ޝްރަދާގެ ފިލްމުން ލަވައެއް

އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރްގެ ފިލްމު "ތޫ ޖޫޓީ މޭ މައްކާރް" އިން ލަވައެއް ދައްކާލައިފި އެވެ.

"ތެރެ ޕިޔާރު މޭ" ގެ ނަން ދީފައިވާ މި އުފާވެރި، ލޯބީގެ ލަވަ އަކީ ޕްރިތަމްގެ މިއުޒިކަށް އަރިޖިތު ސިންގް އާއި ނިކިތާ ގާންދީ ކިޔާފައިވާ ވަރަށް ހިތްގައިމު ލަވައެކެވެ. ސްޕެއިންގެ ރީތި މަންޒަރުތަކެއް ވެސް ފެނިގެންދާ ލަވައިން ރަންބީރާއި ޝްރަދާގެ ކެމިސްޓްރީ ވެސް ވަރަށް ޗާލުކޮށް ފެނިގެންދެ އެވެ. އަންނަ މަހުގެ 8 ގައި ރިލީޒްކުރަން ނިންމާފައިވާ "ތޫ ޖޫޓީ މޭ މައްކާރް" އަކީ މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.

މި ރޮމޭންޓިކް ކޮމެޑީގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ އާއި ބޯނީ ކަޕޫރް ވެސް ވެސް ހިމެނެ އެވެ. ބޯނީ އަކީ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕަ އެވެ. އަދި މިއީ ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ.

"ތޫ ޖޫޓީ މޭ މައްކާރް" އަކީ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ.