Last Updated: June 29, 10:25
Monday, June 29, 2026
ޚަބަރު

ފޭދޫ ދެ މީހަކު ފުލުހުން ހޯދަނީ

ކ-ވ: ނ.ޅޮހި އުނިމާގެ މުޙައްމަދު ޢިމާދު، ސ.ފޭދޫ ރެޑްރޯސް އާމިނަތު ނުޞްރަތު އަދިސ.ފޭދޫ ދިރިމާގެ، އަހްމަދު އާޞިމް

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ސ.ފޭދޫ ދެ މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ހޯދަމުން ދަނީ ސ.ފޭދޫ ރެޑްރޯސް، އާމިނަތު ނުޞްރަތު (23އ)ގެ އިތުރުން ސ.ފޭދޫ ދިރިމާގެ، އަހްމަދު އާޞިމް (30އ) އެވެ. އަދި މީގެ އިތުރުން ނ.ޅޮހި އުނިމާގެ، މުޙައްމަދު ޢިމާދު (24އ)ވެސް ފުލުހުން ދަނީ ހޯދަމުންނެވެ.

ފުލުހުން މިރޭ ބުނީ ކްރިމިނަލް ކޯޓުގެ އަމުރާއި ގުޅިގެން ހޯދަމުން އަންނަ އާމިނަތު ނުޞްރަތު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވެ، ކޯޓަށް ޙާޟިރުކުރެވިފައި ނުވާތީއެވެ. އާމިނަތު ނުޞްރަތަކީ މަސްތުވާތަކެތީގެ މައްސަލައިގެ ރެކޯޑް އޮންނަ މީހެކެވެ.

އަޙްމަދު އާޞިމް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެޓި މައްސަލައަކާއި ގުޅިގެންނެވެ. އަޙްމަދު އާޞިމަކީ މަސްތުވާތަކެތީގެ މައްސަލައިގެ ރެކޯޑުގެ އިތުރުން ބާރު ސްޕީޑްގައި އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމުގެ ސަބަބުން އެކުސިޑެންޓެއްވެފައިވާ މައްސަލައެއްގެ ރެކޯޑް އޮތް މީހެކެވެ.

ފުލުހުން ބުނީ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

މިފަދަ މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަނގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.