Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އައްޑޫން ގޯތި ފޯމް ދޫކުރަން ފަށައިފި

އައްޑޫން ދޫކުރަން ނިންމި ގޯތިތަކުގެ ތެރެއިން ފޭދު އާއި ހުޅުދޫގެ އިތުރުން މީދޫން ދޫކުރާ ގޯއްޗަށް މިއަދު އޮންލައިންކޮށް ފޯމް ދޫކުރަން ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޯއްޗަށް އެޕްލައިކުރެވޭ ފޯމް އޮންލައިންކޮށް ފުރޭ ގޮތަށް ހަމަޖައްސައިފަ އެވެ. އެގޮތުން އެ ތިން އަވަށުން ގޯއްޗަށް އެޕްލައިކުރެވޭނީ މި މަހުގެ 28 އާ ހަމައަށެވެ. ގޯތި ދޫކުރަނީ ދެ ކެޓަގަރީއަކަށްއަށެވެ. އެއީ ކޮންމެ އަވަށަކުން ވެސް އެވަަށެއްގެ ރައްޔިތުންނަށް ދޫކުރާ ގޯތީގެ އިތުރުން އެހެން އަވަށްތަކުގެ ރައްޔިތުންނަށް އެ އަވަށަކުން ހާއްސަކޮށްފައިވާ ގޯތިތައް ހިމެނޭ ގޮތަށެވެ.

އެގޮތުން އޭ ކެޓަގަރީ އަކީ އެ އަވަށެއްގެ ރައްޔިތުންނަށް ހާއްސަ ކެޓަގަރީއެވެ. އެ މީހުން ފުރަން ޖެހޭނީ އެ ފޯމެވެ. އެހެން އަވަށްތަކުގެ މީހުން ފުރަން ޖެހޭނީ ބީ ކެޓަގަރީގެ ފޯމްތަކެވެ. ފޯމްތައް ފުރުމަށް ފަހު ހުށަހަޅަން ޖެހެނީ އެ އަވަށެއްގެ އަވަށު އޮފީހަށެވެ.

ފޭދޫން 300 ގޯތި ދޭން ނިންމާފައިވާ އިރު، އޭގެ ތެރެއިން 30 ގޯތި ހާއްސަކޮށްފައި ވަނީ ފޭދޫ ނޫން އަވަށްތަކުގެ މީހުންނަށެވެ. އަދި ހުޅުދޫން 100 ގޯއްޗާއި މީދޫން 100 ގޯތި ދޫކުރާ އިރު، ކޮންމެ އަވަށަކުން 10 ގޯތި ހާއްސަކޮށްފައި ވަނީ އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށެވެ.

ހިތަދޫން ވެސް 500 ގޯތި ދޫކުރަން ހަމަޖެހިފައިވެ. އެވެ. އެ ގޯތިތަކަޑް ފޯމް ދޫކޮށް ބަލައި ގަތުން ކުރިއަށް ގެންދާނީ މި މަހުގެ 5 އިން ފެށިގެން އަންނަ މަހުގެ 5 އާ ހަމައަށެވެ.