Last Updated: April 18, 22:36
Thursday, April 18, 2024
މުނިފޫހިފިލުވުން

ސުޝްމިތާގެ "އާރިއާ 3" ގެ ޓީޒާއެއް

އިންޑިއާގެ ބަތަލާ ސުޝްމިތާ ސެންގެ ކާމިޔާބު ވެބް ސީރީޒް "އާރިއާ" ގެ ތިން ވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފި އެވެ.

މިއީ 2020 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ފެށި އެއްޗެކެވެ. އެ އަހަރު "އާރިއާ" ގެ 9 އެޕިސޯޑް ގެނެސްދިނެވެ. އަދި 2021 ގައި ސީޒަން ދޭކުން 8 އެޕިސޯޑް ގެނެސްދިނުމެވެ. "އާރިއާ 3" ގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ޓީޒާއެއް ދައްކައިލި ނަމަވެސް ބެލުންތެރިންނަށް އެ ސީޒަން ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ސީރީޒަކީ ކާތިކް އާރިއަންގެ "ދަމާކާ" އާއި ސޯނަމް ކަޕޫރް "ނީރާޖް" ގެނެސްދިން ރާމް މަދުވާނީގެ އުފެއްދުމެކެވެ.

ކްރައިމް-ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "އާރިއާ" އަކީ އާއިލާ އަށް ދިމާވާ ނުރައްކާތަކުން އާއިލާ ދިފާއުކުރަން ގުރުބާންވާ ހިތްވަރު ގަދަ، ޖެހިލުންކުޑަ އަންހެނެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.

މީގެ ތިން ވަނަ ސީޒަންގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، 1994 ގެ މިސް ޔުނިވާސް މިދިޔަ އަހަރުގެ ފަހުކޮޅު "ތާލީ" ކިޔާ ބައޮގްރަފިކަލް ޑްރާމާއެއްގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ. އޭގައި ސުޝްމިތާ، 47، ފެންނާނީ ޓްރާންސްޖެންޑާ އެކްޓިވިސްޓެއްގެ ރޯލުންނެވެ.