Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ވިލިމާލޭގައި ބަސް ދަތުރަކަށް 5ރ.

މިދިޔަ މަހުން ފެށިގެން ވިލިމާލޭގައި ބަހުގެ ހިދުމަތް ދެމުން އަންނަ އިރު މާދަމާ އިން ފެށިގެން ބަސް ދަތުރަކަށް 5ރ. ނަގަން ނިންމައިފި އެވެ.

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ހިދުމަތް ދޭން ފެށީ މިދިޔަ މަހުގެ 20 ގަ އެވެ. އެގޮތުން ދެ ހަފުތާ ވަންދެން ހިލޭ ދަތުރުކޮށް ދިނުމަށް ފަހު މާދަމާ އިން ފެށިގެން އަގު ނަގަން ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަސް ދަތުރުތަކަށް އަހު ނަގަން ފަށާ އިރު، އާރްޓީއެލް އެޕާއި ވެބްސައިޓް މެދުވެރިކޮށާއި ކިއުއާރް ޓިކެޓް ނަގައިގެންނާއި ކާޑު މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ކަމަށެވެ. މީގެ އިތުރުން ކަރުދާސް ޓިކެޓު ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ބަހުން އެ ޓިކެޓް ލިބޭނެ އެވެ.

ވިލިމާލޭގެ ބަސް ދަތުރުތަކުން އަގު ނަގަން ފެށި ނަމަވެސް ވިލިމާލެ 65 އަހަރުން މަތީގެ މީހުންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.