Last Updated: April 20, 17:48
Saturday, April 20, 2024
ޚަބަރު

ޗައިނާ ސަދަންގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

OLYMPUS DIGITAL CAMERA

ޗައިނާ ސަދަން އެއާލައިންސްހެ ދަތުރުތައް މި މަހު ރާއްޖެ އަށް ފެށުމަށް ހަމަޖެހިއްޖެ އެވެ.

އެ ދަރުތުތައް މި މަހުގެ 20 ގައި ފަށާނީ އެ ގައުމުގެ ގުއާންގްޒޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެގޮތުން ޗައިނާ ސަދަންގެ ދަތުރުތައް ހަފުތާއަކު ތިން ދުވަހު ބާއްވާނެ އެވެ. އެއީ ހުކުރު، ހޯމަ އަދި ބުދައިގަ އެވެ.

ޗައިނާގެ އެއާލައިންގެ ދަތުރުތައް ކޮވިޑާ ވިދިގެން ފާއިތުވި ތިން އަހަރު ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށީ މިދިޔަ މަހުގެ 18 ގަ އެވެ. އެއީ ބެއިޖިން ކެޕިޓަލް އެއާލައިނާ އެކީގަ އެވެ. މީގެ އިތުރުން އީސްޓަން އެއަލައިނާއި ހޮންގްކޮން އެއާލައިންގެ ދަތުރުތައް ވެސް ރާއްޖެ އަށް ޕްލޭންކޮށްފައިވެ އެވެ.

އީސްޓަން އެއާލައިންގެ ދަތުރުތައް ފަށާނީ މި މަހުގެ 4 ގަ އެވެ. އަދި ހޮންކޮންގް އެއާގެ ދަތުރުތައް ފަށާނީ މެއި މަހުގެ ތެރޭގަ އެވެ.

ޗައިނާ މިހާރު ހިމެނެނީ އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ 10 ގައުމުގެ ލިސްޓްގެ 8 ވަނައިގަ އެވެ. ކޮވިޑްގެ ކުރިން އެ ގައުމަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.