Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗްގައި

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭން ފެށި ދެވަނަ ކުންފުނިން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ކަމަށެވެ. އެގޮތުން އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެ ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނެ ތާރީހަކއި އެޖެންޑާ މި މަހުގެ 21 ގެ ކުރިން އާންމުކުރުން އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދު އަށް 2021 ގައި ލިބުނު ފައިދާ އިން ހިއްސާއަކަށް ބެހީ 2.34ރ. އެވެ.