Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އިންޑިއާގައި ގެއްލުނު މީހާ ފެނިއްޖެ

މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާގައި ގެއްލިގެން ހޯދި މުހައްމަދު މަހުދީ ފެނިއްޖެ އެވެ.

އޭނަގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ބުނީ މިދިޔަ މަހުގެ 31 ގައި ގެއްލުނު މަހުދީ މިއަދު ފެނިފައިވާ ކަމަށެވެ. މަހުދީ، 35، ކ. ތުލުސްދު އަށް ނިސްބަތްވާ މީހެކެވެ.

އޭނަ ގެއްލުނީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލް ސަރަހައްދަށެވެ. މަހުދީ ގެއްލުމާ ގުޅިގެން އެކަން އިންޑިއާ ފުލުހުންނާއި ދިވެހިން ފުލުހުންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވެސް އާއިލާ އިން މައުލޫމާތު ހިއްސާކުރި އެވެ.