Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ކްރޮސްރޯޑްސް އަށް ހިލޭ ދިއުމުގެ ފުރުސަތެއް

ކްރޮސްރޯޑްސް މޯލްޑިވްސް އަށް މި މަހު ހިލޭ ދިއުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އެތަނަށް ހިލޭ ދެވޭނީ މި މަހުގެ 9-15 އަށެވެ. މިއީ ކްރޮސްރޯޑްގައި ޚާއްސަ ހަރަކާތްތަކެއް ބާއްވާތީ އެކަމާ ގުޅުވައިގެން ދިވެހިންނަށް ހާއްސަކޮށްގެން ހުޅުބި ފުރުސަތެކެވެ. އެގޮތުން މި މަހުގެ 9 ވަނަ ދުވަހު އެތަނުގެ މެރީނާގައި ލައިވް ބޭންޑްގެ ހަރަކާތްތަކެއް ހަވީރު 5:00 އިން ރޭގަނޑު 7:00 އަށް ބާއްވަން ވެސް ހަމަޖެހިފައިވި އެވެ. އެވެ. އަދި އެ ރޭ 8:30 ގައި ޑީޓިއުން ބޭންޑްގެ މިއުޒިކް ކުޅެން ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން މި މަހުގެ 10 ގައި ކްރޮސްރޯޑްސްގައި ސްޓްރީޓް މާކެޓް ބާއްވާ އިރު، ހާޑްރޮކް ކެފޭގައި ޑެވިއޭޓް ބޭންޑްގެ ހަރަކާތްތަކާއި ރޭގަނޑު ލައިވް ޑީޖޭ ވެސް ކުރިއަށް ދާނެ އެވެ. އަދި 11 ވަނަ ދުވަހު ގޭމްތަކާއ އެކު ކުޑަކުދިންނަށް ހާއްސަ އިވެންޓެއް ބާއްވަން ހަމަޖެހިފައިވާ އިރު، ހާޑްރޮކް ކެފޭގައި ޕްރޮޖެކްޓް ގްރޫވް ބޭންޑްގެ ހަރަކާތްތައް އޮންނާނެ އެވެ.

ބާރަ ވަނަ ދުވަހު އިކުއެޓިކް ވައިބް ބޭންޑްގެ ހަރަކާތްތައް އޮންނައިރު 13 ވަނަ ދުވަހު މެރީނާގައި ލައިވް ބޭންޑް ހަރަކާތްތައް ކުރިއަށް ދާނެއެވެ. އަދި ރޭގަނޑު ޑެވިއޭޓް ބޭންޑްގެ ހަރަކާތްތައް އޮންނާނެއެވެ. ފެބްރުއަރީ 14 ވަނަ ދުވަހު ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް މާލޭން ފުރައިގެން 15 މިނެޓުން ދެވޭ ރަށެކެވެ.