ގައުމި އެއާލައިން މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނި، އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭސް) ރިބްރޭންޑްކުރަން ނިންމާފައިވާތި އެތަނުގެ ލޯގޯ ފަރުމާކުރަން އާންމުކޮށް ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ މިހާރުގެ ލޯގޯގެ އިތުރުން މަތިންދާބޯޓުތަކުގެ ބޭރުގައި ބޭނުންކުރާ ކުރެހުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
Calling designers📢
WE ARE REBRANDING!
Mail your proposals to [email protected] before 8th February 2023, 1600hrs. pic.twitter.com/CSpVlKlhcx— MaldivianAero (@MaldivianAero) February 2, 2023
އެހެންވެ ޑިޒައިންތައް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 8 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އައިއޭއެސް އިން ބުނީ ޕްރޮޕޯސަލްތައް ލިބުމުން ބަލާ އެންމެ ރަނގަޅު ހުށަހެޅުންތައް ހޮވާނެ ކަމަށެވެ. އެ ކުންފުނީގެ މިހާރުގެ ލޯގޯ އަކީ 2000 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ ބޭނުންކުރަމުން އަންނަ ލޯގޯއެ ވެ.