މިދިޔަ ހޯމަ ދުވަހު ޕާކިސްތާންގެ ޕިޝާވަރުގެ މިސްކިތަކަށް ޖާނުންފިދާވުމުގެ ހަމަލާއެއް ދީ 100 އެއްހާ މީހުން މަރުވި ހާދިސާގައި ބޮން ގޮއްވި މީހާ އެކަން ކުރީ ފުލުހަކަށް ހެދިގެން މިސްކިތުގެ ތެރެއަށް ވަދެގެން ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
އެ ގައުމުގެ ޚައިބަރު ޕަހުތުންވާ ޕްރޮވިންސްގެ ފުލުހުންގެ ވެރިޔާ މޮއައްޒަމް ޖާ އަންސާރީ ވިދާޅުވީ 400 އެއްހާ ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ސަރަހަައްދަށް ބޮން ގޮއްވި މީހާ ވަނީ ފުލުހަކަށް ހެދިގެން ސްކޫޓަރެއްގެ އެ ސަރައްހައްދަށް ގޮސް ފުލުހުންގެ ޗެކްޕޮއިންޓް ހުރަސްކޮށް ކަމަށެވެ. އަދި އެކަން ސީސީޓީވީ ފުޓޭޖުން ކަށަވަރުވެފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނަގެ އެއްވެސް ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
ބޮން ގޮއްވި މީހާ އަކީ ތާލިބާނަށް ނިސްބަތްވާ ޕާކިސްތާން މީހެކެވެ. މިސްކިތަށް ހަމަލާދިން މީހާ ވަނީ ޖާނުންފިދާވެގެން ބޮންގޮއްވަން 12 ކިލޯގެ ގޮވާތަކެތި ބޭނުންކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެލަން ކުރި މީހާ ދަގެނެނި އިރު، ފުލުހުން ވަނީ ހާދިސާއާ ގުޅިގެން ތުހުމަތުކޮށް ބަޔަކު ހައްޔަރު ވެސް ކޮށްފަ އެވެ.

މިސްކިތަށް ދިން ހަމަލާގައި 101 މީހަކު މަރުވެ، 217 މީހަލު ޒަހަމްވި އެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފުލުހުންނެވެ.
ފުލުހުން ކުރިން ބުނެފައި ވަނި އެ ހަމަލާ އަކީ ފުލުހުންނަށް އަމާޒު ވެސްކޮށްގެން ދިން ހަމަލާއެއް ކަމަށެވެ.