Last Updated: June 29, 10:25
Monday, June 29, 2026
ޚަބަރު

ޓްރެފިކް ޕޮލިހުންގެ ހިދުމަތް ފަށަނީ

އައްޑޫގައި ޓްރެފިކް ޕޮލިހުންގެ ހިދްމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ޓްރެފިކް ޕޮލިހުންގެ ހިދްމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.

ޓްރެފިކް ޕޮލިހުންގެ ހިދްމަތް ފެށުމާ ގުޅޭ ގޮތުން ފުލުހުން ވަނީ މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރފިކް ޕޮލިސް އިފްތިތާހް ކުރުމަށް މާދަމާ ހަވީރު ހާއްސަ ރަސްމިއްޔާތެއް ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން (އަންދާލި ޕޮލިސް ސްޓޭޝަން) ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

polihun

ރާއްޖޭގެ ނިސްބަތުން އެންމެ ނުރައްކާތެރި އެކްސިޑެންޓް ހިނގަމުން އަންނަ އައްޑޫގައި ޓްރިފިކް ޕޮލިހުންގެ ހިދުމަތް ފޯރުކޮށް ދެއްވާނެ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ފުލުހުންގެ 80 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަހަރު އެޕްރީލް މަހުގެ 7 ވަނަ ދުވަހު ޝަރަފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.