ހޮރައިޒަން އެކަޑަމީގެ 5 ވަނަ ސައުތު ރީޖަން ބެޑްމިންޓަން މުބާރާތުގެ ރޭގެ މެޗްތައް ސަބަތު ކެފޭ އާއި ޕްރޯ ފައިވް ކާމިޔާބް ކޮށްފިއެވެ،
ސަބަތު ކެފޭ އާއި ޕްރޯ އެކްސް ބައްދަލު ކުރި މެޗް، 4-1 ސެޓުން ކާމިޔާބް ކުރީ ސަބަތު ކެފޭ އެވެ.
ރޭގެ ދެވަނަ މެޗްގައި ހިތަދޫ ސްކޫލް އާއި ޕްރޯ ފައިވް ބައްދަލު ކުރި މެޗް ޕްރޯ ފައިވްއިން ކާމިޔާބް ކޮށްފައިވަނީ 4-1 ސެޓުންނެވެ.
މިރޭ ވެސް މި މުބާރާތުގެ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗްގައި ވާދަ ކުރާނީ ކަސްޓަމްސް އަދި ޕްރޯ އެކްސްއެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ ސަބަތު ކެފޭ އާއި ދިރާގްގެ ސްމަޓް ޓީމެވެ.