ފަހަކަށް އައިސް ރާއްޖޭގެ ބައެއް އެކި ހިސާބުތަކުގެ ސަހަރާތަކުގެ ތެރޭގައި "ވާނުވާ" ކަންކަން ކުރުމުގެ ހާދިސާތައް ހިނގާލެއް ގިނަ އެވެ.
މި ފަހަރު ވެސް މިއޮތީ މިކަހަލަ މަންޒަރެއް ފެންނަ ވީޑިއޯއެކެވެ. މި ވީޑިއޯ ފޭސްބުކްގައި ޕޯސްޓްކުރި މީހާ ބުނި ގޮތުގައި މިއީ މާލޭގެ ހެންވޭރު ސަހަރާގެ ތެރެއިން އިއްޔެ ހަވީރު ފެނުނު މަންޒަރެކެވެ. ވީޑިއޯ އިން ފެންނަނީ ސަހަރާގެ ތެރޭގައި ބަޔަކު ހަރަކާތްތެރިވަމުންދާ އިރު، ކޮނޑުގައި ދަބަހެއް އަޅައިގެން ހުންނަ މީހަކު ދަނޑިބުރިއަކުން މަހާނަތަކެއްގައި ޖައްސަމުން އޭނަ "ހޯދާ" މަހާނަ ކަށަވަރުވުމުން "ގޮތް ނޭނގޭ" ކަންތައްތަކެއް ކުރާ ތަނެވެ. އަދި އޭނައާ އެކީ އިތުރު ދެ މީހަކު ތިބޭ ތަން ވެސް ފެނެ އެވެ.
އެގޮތުން މަހާނައެއް ކޮނެގެން އޭގެ ތެރެއަށް ފުޅިއަކުން ފެން އަޅާތަން ވެސް ފެނެ އެވެ. އަދި އެ ތިން މީހުން ކުރަން އުޅުނު ކަންކަންކޮށްފައި މަޑުމަޑުން ނުކުމެގެން ދާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
ސުވާލަކީ މި މީހުން މި ކުރީ ހެއްޔެވެ؟