މި މަހުުގެ 5 އިން ފެށިގެން ރާއްޖޭގައި އަލަށް ޑިޖިޓަލް ލައިންސަންސް ބޭނުން ކުރާ ގޮތަށް ހަމަޖެހިއްޖެ އެެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޑިޖިޓަލް ލައިސަންސް މި މަހުގެ 5 ގައި ތަޢާރަފުކުރަން ތައްޔާރީތައް މިހާރުވެފައިވާ ކަމަށެވެ. މިއީ އެ މިނިސްޓްރީން އަލަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާގެ ބައިތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ. މިއާ އެކީ ފުލުހުން ފަރާތުން ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނުން ފެންނަ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބަލައިގަނެ، އެޕްލިކޭޝަނުން ފެންނަ ލައިސަންސަކީ މުއްދަތު ހަމަނުވާ ލައިސަންސްއެއް ނަމަ އެއީ ޞައްޙަ ލައިސެންސް ކަމުގައި ފުލުހުން ވެސް ބަލައި ގަންނާނެ އެވެ.
We're setting up Digital Licenses!
You can soon use your eFaas log-in to access all license services, digitally.
✅Easy access to all services
✅Improving service quality
✅Reducing the cost & impact of printing*Printed licenses will be available upon request only. pic.twitter.com/1z3U5uZjWa
— Government of Maldives (@governmentmv) January 31, 2023
އެއްގަމު ވެހިކަލްތަކުގެ ލައިސަންސްގެ ހިދުމަތަށް ގެނެވޭ މި ބަދަލާ އެކީ ކިއުތަކުގައި ގިނަ ވަގުގުތަކެއް ހޭދަކޮށް، ލައިންސަންސް ހައްދަން ހޭދަކުރަން ޖެހޭ ވަގުތު ވެސް ސަލާމަތްކުރެވިގެން ދާނެ އެވެ. އެހެންވެ މި މަހުގެ 5 ގެ ފަހުން ލައިސަންސަށް އެދި ހުށަހެޅުމާއި، އެކަމާ ގުޅޭ ހުރިހާ މަރުހަލާއެއްގެ މަސައްކަތްތަކެއް ދެން ކުރިއަށް ދާނީ ޑިޖިޓަލްކޮށެވެ. އަދި ލައިސަންސް ދޫކުރާނީ ވެސް ޑިޖިޓަލްކޮށެވެ.
ޑިޖިޓަލް ލައިންސަަށް ހިޖުރަކުރާތީ ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ މިދިޔަ މަހުގެ 29 އިން މި މަހުގެ 4 އަށް ލައިންސަންސާ ހިދުމަތްތައް މެދުކަނޑާލައިފަ އެވެ.