Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ރާއްޖޭގެ ޕްރޮމޯޝަނަށް އިންޑިއާގެ ފިލްމީ ތަރިން އެހީވި

ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ކުރިއެރުމަށްޓަކައި އިންޑިއާގެ ތަރިން މުހިންމު ރޯލެއް އަދާކުރި ކަމަށް ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މުމްބާއީގައި މި މަހުގެ 2-4 އަށް ކުރިއަށްދާ އޯޓީއެމް ފެއާ ހުޅުވުމުގެ ރަސްމީއްޔާތު ޝަރަފުވެރިކޮށް ދެއްވައި މިނިސްޓަރު ވަނީ ކޯވިޑުގެ ހާލަތުގައި ރާއްޖޭގެ ޓޫރިޒަމް ހީނަރުވި ދަނޑިވަޅުގައި އިންޑިއާ ސަރުކާރުން ވެދެއްވި އެހީ ފާހަގަކުރައްވައިފަ އެވެ. މީގެ އިތުރުން އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ ޕްރޮމޯޓް ކުރުމުގައި އަދާކުރި ރޯލް މިނިސްޓަރު ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.

ފަހަކަށް އައިސް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ރާއްޖެ އަންނަ މިންވަރު އިތުރެވެ. މީގެ ތެރޭގައި ތަކުރާރުކޮށް އަންނަ ފިލްމީ ތަރިން ވެސް މިހާރު ވަރަށް ގިނަ އެވެ. ކޮވިޑްގެ ހާލަތު 2020 ގެ ފަހުކޮޅު މަޑުމަޑުން ރަނގަޅުވާން ފެށި ދަނޑިވަޅާ ދިމާކޮށް ބޮލީވުޑްގެ ގިނަ ތަރިން ރާއްޖެ އަށް ޗުއްޓީ އަށް އައިސްފައިވެ އެވެ. މިކަމާ ހެދި އިންޑިއާގެ ބައެއް މީޑިއާތަކާއި ނުފޫޒު ގަދަ ބައެއް މީހުންގެ ފާޑުކިޔުންތަކެއް ވެސް ފިލްމީ ތަރިންނަށް އަމާޒުވި އެވެ.

އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ދެވަނަ އަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުން ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ފާއިތުވި ތިން އަހަރު ވެސް އިންޑިއާ ހިމެނެނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގަ އެެވެ. ކަމަށެވެ.

އޯޓީއެމް ފެއާ ހުޅުވައި ދެއްވުމަށް ފަހު، ސްޓޯލްތަކަށް މިނިސްޓަރު ޒިޔާރަތް ކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކޮށް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހިއްވަރު ދެއްވައި، ޝުކުރު ވެސް އަދާކުރެއްވި އެވެ.

އޯޓީއެމް އިންތިޒާމްކުރާ ފަރާތުގެ ދައުވަތަކަށް މިނިސްޓަރު ފެއާ އަށް ވަޑައިގެން އޭގެ ހަވާސާގެ ތެރެއިން، އިންޑިއާގެ ފިލްމް ޑިސްޓްރިބިއުޝަން ކުންފުނިތަކާ އެކީ ބޭއްވި ބައްދަލުވުމެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ރާއްޖެ ފިލްމު ޑެސްޓިނޭޝަންއެއްގެ ގޮތުގައި ޕްރޮމޯޓްކުރަން މަޝްވަރާތަކެއް ކުރި އެވެ.

އޯޓީއެމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ އެވެ. މި ފަހަރުގެ މި ފެއާގެ ގެ ލީޑުން ޕާޓްނަރަކީ ސައުދީ އަރަބިއާ އެވެ.