Last Updated: March 29, 18:55
Friday, March 29, 2024
ވިޔަފާރި

ޕޭޕަލް އިން 2،000 މުވައްޒަފުން ދޫކޮށްލަނީ

މަޝްހޫރު އޮންލައިން ޕޭމަންޓް ޕްލެޓްފޯމް، ޕޭޕަލް އިން ދެހާސް މުވައްޒަފުން މަދުކުރަން ނިންމައިފި އެވެ.

ކުންފުނީގެ ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން 2،000 މުވައްޒަފުން މަދުކުރަން ނިންމި އިރު، އެ އަދަދަކީ އެ ކުންފުނީގެ މުވައްޒަފުންގެ 7 ޕަސެންޓެވެ. މީގެ 22 އަހަރު ކުރިން ވުޖޫދަށް އައި ޕޭޕަލްގެ މުވައްޒަފުންގެ އަދަދު 30،900 އަށް ވުރެ ގިނަ އެވެ.

ޕޭޕަލް އިން ބުނީ މުވައްޒަފުންތަކެއް މަދުކުރަން މަޖުބޫރުވި މައިގަނޑު ސަބަބަކީ ދުނިޔޭގެ އިގުތިސާދީ ހާލަތު ވެސް މިހާރު ހުރި ގޮތުންނާ އެކީ "މެކްރޯ-އިކޮނޮމިކް" އަށް ހުރި ގޮންޖެހުންތަކާ ހެދި ކަމަށެވެ.

މި އަހަރު ފެށުނު ފަހުން މުވައްޒަފުން މަދުކުރަން ނިންމި މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓާއި މައިކްރޮސޮފްޓާއި އެމެޒޯންގެ އިތުރުން ސްޕޮޓިފައި ހިމެނެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި މުވައްޒަފުން މަދުކުރި ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ޓްވިޓާ އާއި ނެޓްފްލިކްސް އާއި ޑިޒްނީ އަދި ފޭސްބުކް ހިންގަ މެޓަ ފަދަ ކުންފުނިތައް ހިމެނެ އެވެ.