Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

"ދުއްޕާން" ގެ ނަމުގައި ޕީޕީއެމްގެ ޖަލްސާއެއް މިރޭ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލޭގައި ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

"ދުއްޕާން"ގެ ނަމުގައި އިދިކޮޅުުން ބާއްވާ ޖަލްސާ މިރޭ 08:30 ގައި އާޓިފިޝަލްބީޗް ސަރަހައްދުގައި އޮންނާނެ ކަމަށް ޕީޕީއެމުން މައުލޫމާތުދެއެވެ.

ޕީޕީއެމުން އަންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން "ހޯޕް"ގެ ނަމުގައި ކޮންފަރެންސެއް ބައްވާފައިވާއިރު އިއްޔެ ވަނީ މާލޭގައި ބޮޑު ހިނގާލުމެއްވެސް ބާއްވާފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި މަނީލޯންޑްރިން އަދި ރިޝްވަތު ނެގިކަން ސާބިތުވެ ރައިސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުުކުމެއް އިއްވާފައެވެ. މިހާރުވެސް އެމަނިކުފާނުގެ އިތުރު މައްސަލައެއްގެ އަޑުއެހުން އަންނަނީ ބާއްވަމުންނެވެ. އެއީ ބޮޑު ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރިގެ މައްސަލައެވެ.