Last Updated: July 27, 13:53
Monday, July 27, 2026
މުނިފޫހިފިލުވުން

ހެއިލީ ހިންދީ ލަވައަކަށް ނަށާ ވީޑިއޯއެއް

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން މަޝްހޫރު މޮޑެލް ހެއިލީ ބީބާ ހިންދީ ލަވައަކަށް ނަށާ ވީޑިއޯއަަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އިންޑިއާ ދަރިކޮޅުގެ ކެނެޑާގެ މަޝްހޫރު ޔޫޓިއުބާ، ލިލީ ސިންގްއާ ޖޭމްސްއާ އެކީ ހެއިލީ ނެށީ ރިތިކް ރޯޝަނާއި އަމީޝާ ޕަޓޭލްގެ 2000 ވަނަ އަހަރުގެ ފިލްމު "ކަހޯ ނާ…ޕިޔާރު ހޭ" ގެ ޓައިޓްލް ލަވައަށެވެ. މި ލަވަ އަށް ހެއިލީ ލައްވައި ލިލީ ނެށުވީ އޭނަގެ ޝޯގެ އަށް ހެއިލީ ގެންދިއުމަށް ފަހު އެވެ. ހެއިލީ ހިންދީ ލަވައަކަށް ނަށައި އިންޑިއާގެ ފޭނުން އުފާކޮށްދި އިރު، ފިރިމީހާ ބީބާ އަކީ ޓުއާތަކެއްގައި އިންޑިއާގައި ޝޯތަކެއް ވެސް ދީފައިވާ ފަންނާނެކެވެ.

ލިލީގެ އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯގައި "ކަހޯ ނާ…ޕިޔާރު ހޭ" ގެ ލަވައިގެ ސިގްނޭޗަ ސްޓެޕެއް ހެއިލީއާ އެކު ޖައްސާ ތަން ފެނެ އެވެ. އެ ލަވަ އަކީ އުދިތު ނާރަޔަން އާއި އަލްކާ ޔަގްނިކް ކިޔާފައިވާ ވަރަށް މަޝްހޫރު ލަވައެކެވެ.

ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްކުރި "ކަހޯ ނާ…ޕިޔާރު ހޭ" އަކީ ރިތިކާއި އަމީޝާގެ ވެސް ފުރަތަމަ ފިލްމެވެ. އަދި މި ފިލްމުން ދެ މީހުން ވަރަށް ބޮޑަށް ވިދާލި އެވެ. ހާއްސަކޮށް ރިތިކް ބޮޑު ތަރިއަކަށް ބަދަލުކުރި އެވެ.