Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

ސަހަރާއިން ނެގީ ސިހުރު ހަދާފައި ހުރި ތަކެތި

ސަހަރާއިން ނެގިކަމަށް ބުނާ ތަކެތި- ފޮޓޯ: މާލެސިޓީ ކައުންސިލް

ވީޑިއޯއިން ފެންނަނީ ހެންވޭރު ސަހަރާގައި ވަޅުލާފައިހުރި ސިހުރު ހަދާފައިވާ އެއްޗެހިތަކެއް ނަގާ މަންޒަރު ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

ހެންވޭރު ސަހަރާ ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ތުހުމަތު ކޮށްފައިވަނީ މަހާނަ ކޮނެގެން މިނިކަށި ނަގާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ސިޓީ ކައުންސިލުންގެ މުވައްޒަފެއްގެ ހާޒިރުގައި ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން މާލެސިޓީ ކައުންސިލުން ބުނެފައިވަނީ، ހެންވޭރު ސަހަރާއިން ނެގީ މިނިކަށި ނޫން ކަމަށާއި، ސިހުރު ހަދާފައި ވަޅުލާފައިހުރި ފިލާކޮޅުތަކެއް ކަމަށެވެ.

މާލެސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިކަމުގައި އުޅެފައިވާ މުވައްޒަފަށް ފިޔަވަޅު އަޅަން އަންގާފައިވާ ކަމަށެވެ.

ސިހުރު ބާތިލުކުރުމުގެ ނަމުގައި އަދި ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް ދޭތެރެ ދޭތެރެއިން ސަހަރާތައް ކޮންނަ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުވެއެވެ.