Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ލަންކާއާ އެކީ ބޯޑަ ސެކިއުރިޓީ އެއްބަސްވުމެއް

ސްރީ ލަންކާއާ އެކީ ރާއްޖޭން ބޯޑަ ސެކިރުޓީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.

އެ ރަސްމިއްޔާތުގައި މިހާރު ލަންކާގައި ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވެސް އެ ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެއްބަސްވުމާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭގެ ސަބަބުން ލަންކާ އާއި ރާއްޖޭގެ ސަރުކާރުގެ ގުޅުން ހަރުދަނާވާނެ ކަމަށެވެ.

ޝާހިދު ލަންކާ އަށް ކުރައްވަމުން ގެންދަވާ ދަތުރަކީ މިއަދު ފާހަގަކުރާ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ސަރުކާރުން ދިން ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.