ހުޅުދޫ ޔޫތު ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "މިނިވަން ކަޕް 2014" މާދަމާ ހަވީރު ފަށާނެ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.
އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ މުބާރާތުގެ ގުރުލުން ރޭ ހުޅުދޫ އަވަށު އޮފީހުގައި ބާއްވާފައިވާ ކަމަށެވެ.
ޖުމްލަ 8 ޓީމް ވާދަކުރާ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ހުޅުދޫ އޭޓީ ސްޕޯސް ކްލަބާއި ، ހުޅުދޫ ހޯމް ޔުނައިޓެޑް ، ހުޅުދޫ އެފްސީ އަދި ޝަންގްރިއްލާ ޔޫތެވެ.
ގްރޫޕް ބީގައި ހިމެނެނީ ހެރަތެރެ ރިސޯޓްގެ ހެރަތެރެ އެފްސީ ، މީދޫ މުލިމަތި ، ހުޅުދޫ ޑީކޭ އެންޖީ އަދި ހެރަތެރެ ރިސޯޓްގެ ހެރަތެރެ ޖޫނިއަސް އެވެ.
މިމުބާާރާތް ފަށާ މެޗްގައި މާދަމާ ހަވީރު ކުޅޭނީ ހުޅުދޫ ހޯމް ޔުނައިޓެޑާއި ހުޅުދޫއެފްސީއެވެ.
ޗެމްޕިއަންޓީމަކަށް 15،000ރ (ފަނަރަ ހާސް ރުފިޔާ) އާއި ރަންމެޑަލް ހުށަހަޅާފައިވާ އިރު މުބާރާތުގެ ރަނައަޕް ޓީމަށް 7500ރ (ހަތްހާސް ފައްސަތޭކަރުފިޔާ)އާއި ރިހިމެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އައިލެންޑް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެވެ. ކޯ ސްޕޮންސަރ އަކީ ސިމްޑީ ގްރޫޕެވެ.
އެންމެ ފަހުން ބޭއްވުނު މިނިވަންކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުޅުމީދޫ ޕޮލިސްޓީމެވެ. އެއީ ފައިނަލްގައި މީދޫޓީމް ދެރަކޮށްފައެވެ.