Last Updated: July 22, 14:09
Wednesday, July 22, 2026
ދުނިޔެ

ޗައިނާގެ ފުއްޕާހަން ވައްޓާލައިފި

މިދިޔަ ހަފުތާގެ ފަހުކޮޅު އެމެރިކާ އިން ފާޅުވި ޗައިނާގެ "ޖާސޫސީ" ފުއްޕާހަން އެމެރިކާ އިން ވައްޓާލައިފި އެވެ.

އެ ގައުމުގެ ޑިފެންސް ޑިޕާޓްމަންޓުން ބުނީ އެމެރިކާ އަސްކަރީ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކުގެ މަތިން ދައުރުކުރި ހުދު ކުލައިގެ އެ ފުއްޕާހަން ހަމަބިމަށް ތިރކުރީ އަސްކަރިއްޔާގެ ފައިޓަ ޖެޓްތަކުން ދިން ހަމަލާތަކެއްގައި ކަމަށެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވެފައިވާ އިރު، އޭގައި ފެންނަނީ ފުއްޕާހަމަށް ދިން ހަމަލާގައި އެ ގޮވައި އެޓްލާންޓިކް ކަނޑަށް ވެއްޓޭ ތަނެވެ. އެ ވައްޓާލީ ސައުތު ކެރޮލައިނާގެ މީޓްލް ބީޗަށެވެ.

ޗައިނާގެ "ޖާސޫސީ" ޕުއްޕާހަމެއްގެ އެމެރިކާ ސަރަހައްދުގެ ތެރެއަށް ވަން މައްސަލައާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮތް ދިލައިގެ ހޫނު އިތުރަށް ވަނީ ގަދަވެފަ އެވެ.

އެ ވައްޓައިލުމާ ގުޅިގެން ޕެންޓަގަނުން ބުނެފައި ވަނީ މީގެ ހަގީގަތް އިތުރަށް ދެގެނަތުމަށް އޭގެ ބައިތައް ނަގައި، ތަހުގީގުކުރާނެ ކަމަށެވެ. އަދި ޗައިނާ އިން އެމެރިކާ އަށް ކުރާ ކޮންމެ ނުރައްކަލަކުން ދިފާއުވާން އަޅަން ޖެހޭ ހުރިހާ ފިޔަޅަޅެއް އަޅާނެ ކަމަށާއި އެކަމާ އެއްވެސް ފަސްޖެހުއް ނޯންނާނެ ކަމަށް ބުންޏެވެ.

އެމެރިކާ އަކީ ޗައިނާ އަބަދު ވެސް ބޮޑު ހަތުރެއްގައި ގޮތުގައި ދެކޭ ގައުމެކެވެ.

ޗައިނާގެ ފުއްޕާހަން އެމެރިކާ އިން ވައްޓާލިތާ މާ ގިނަ އިރުތަކެއް ނުވަނީސް ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ފުއްޕާހަމަކީ ޖާސޫސްކުރަން ދައުރުކުރި އެއްޗެއް ނޫންކަމަށް ބުނާ ބުނުން އަލުން ތަކުރާރުކޮށްފަ އެވެ. އަދި ބުނީ އޭތި އެމެރިކާގެ ސަރަހައްދަށް ވަނީ "އެކްސިޑެންޓަކުން" ކަމަށާއި އެއީ މަދަނީ ބޭނުމަށް އެރުވި އެއްޗެއް ކަމަށެވެ.