ކޮމޮލިކާގެ ނަމުން މަޝްހޫރުވި އިންޑިއާގެ ބަތަލާ އުރްވަޝީ ދޮލާކިއާ އެކްސިޑެންޓްވެއްޖެ އެވެ.
މީޑިއާތަކުން ބުނީ މި ހާދިސާ ރޭ ހިނގީ 43 އަހަރުގެ ބަތަލާ ޝޫޓިންއަކަށް ކާރުގައި ދަނިކޮށް، ފަހަތުން އައި ސްކޫލް ބަހެއް އެ ކާރުގައި ޖެހިގެން ކަމަށެވެ.
މި ހާދިސާ ހިނގި އިރު، ކޮމޮލިކާ އިނީ ކާރުގެ ފަހަތުގަ އެވެ. އަދި ކާރު ދުއްވަން އިނީ އޭނަގެ ޑްރައިވަރަވެ. ބަސް ކޮންޓްރޯލް ނުވެ ކާރުގައި ޖެހި ފަހަތުކޮޅަށް ގެއްލުންތަކެއް ލިބުނު ނަމަވެސް ކޮމޮލިކާ އާއި ޑްރައިވަރަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. އަދި މި ހާދިސާ މާ ބޮޑު ކަމަކަށް ނަހަދައި، މައްސަލަ ފުލުހުންނަށް ވެސް ކޮމޮލިކާ ރިޕޯޓެއް ނުކުރެ އެވެ.
ސްޓާ ޕްލަސް އިން 2001-2008 އަށް ގެނެސްދިން ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ނެގަޓިވް ރޯލު ކޮމޮލިކާގެ ރޯލުން ބޮޑު މަޝްހޫރު ކަމެއް ލިބުނު އުރްވަޝީ އެންމެ ފަހުން ފެނިފައި ވަނީ ކަލާޒް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ނާގިން" ސީޒަން ހައެކުންނެވެ. އޭނަ އަކީ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން ހައެއްގައި ވާދަކޮށް އެ ޝޯ ކާމިޔާބު ވެސް ކޮށްފައިވާ ތަރިއެކެވެ.