Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޑިޕްރެޝަންގެ ބޭހެއްގެ ބެޗެއް މަނާކޮށްފި

ޑިޕްރެޝަނަށް ބޭނުން ކުރާ ބޭހެއްގެ ބެޗެއް ރާއްޖޭގައި މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ) އިން މަނާކުރީ (Antidep 25mg (film coated tablet ގެ ބެޗް ނަންބަރ (2141H003) މި ބޭހެވެ. އެ ތަނުން ބުނީ މި ބޭހުގެ މި ބެޗް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަހުލީލުކޮށްފައިވާ ކަމަށެވެ. އެގޮތުން މަނާކުރި ބޭހުން ހުންނަންވާ މިންވަރަށް ވުރެ، ބޭހުގެ އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށެް ކަމަށް ބުންޏެވެވެ.

އެހެންވެ އޭގެ އެއްވެސް މުއާމަލާތެއް ހިންގުން މަނާކުރި އިރު، ވިއްކަން ހުރި ތަންތަނުން ބޭސް، އެމްއެފްޑީއޭގެ ފަރާތުން ނަގަމުން ގެންދާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.