Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

އަޑުގަދަ ކުރާތީ އިދިކޮޅު މެންބަރުންގެ ނަން އިއްވައިފި

އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ކުރިއަށްދާއިރު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވެވުމަށް ފެއްޓެވުމުން އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ތަަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފަށާފައެވެ.

އިހުތިޖާޖު ކުރަން ފެށުމާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްގެ ނަން ވަނީ އިއްވާފައެވެ.

ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ނުދިއުމުން، ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ވަނީ މެދު ކަނޑާލާފައެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް ވަނަ ރިޔާސީ ބަޔާނެވެ. މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ރިޔާސީ ބަޔާން އިއްވުން އެކަންޏެވެ.