ތުރުކީ އަށް މިއަދު އައި ބާރު ގަދަ ބިންހެލުމެއްގައި ބަޔަކު މަރުވެއްޖެ އެވެ.
ރިކްޓަ މިންގަނޑުން 7.8 ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު ތުރުކީގެ 10 ސިޓީއަކަށް ކޮށްފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ސުލޭމާން ސޯއިލޫ ވިދާޅުވި އެވެ.
ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން މިހާތަނަށް 17 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ އިރު، އެ އަދަދު މައްޗަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ގިނަ އިމާރާތްތަކެއް ވެއްޓި، އިމާރާތްތަކުގެ ދަށުގައި ބައެއް މީހުން ތާށިވެފައިވެ އެވެ.
BREAKING: Video shows huge fire raging in Kahramanmaraş, Turkey following M7.8 earthquake.#Turkey #Earthquake
pic.twitter.com/uJeq3DjLfj— Global News Network (@GlobalNews77) February 6, 2023
އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ތުރުކީ މިހާރު އޮތީ "ހައި އެލާޓް" ގައި ކަމަށާއި ރަސްމީ އިދާރާތަކުން މިހާރު ބިންހެލުމުގެ އަސަރުކުރި މީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ،