Last Updated: May 4, 12:11
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

ލެކްޗަރާއިން އަދި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕޭ ހާމަނައިޒް ކުރުމުގެ ދަށުން ގިނަ ދާއިރާތަކެއްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައިސް ސޯލިހް ވިދާޅުވީ، 1 ޖަނަވަރީ 2022 ގައި ތަންފީޒުކުރަންފެށި މިނިމަމް ވޭޖްގެ ބޮޑު ބަދަލަށް އަހަރެއް ވެއްޖެ ކަމަށެވެ. ސީދާ ގޮތުގާ މިދެންނެވި ހެޔޮ ބަދަލު އައީ 33500 އަށް ވުރެ ގިނަ މަސައްކަތްތެރިންނަށް ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖު ދިނުން ލާޒިމުކުރެވިއްޖެ ކަމަށެވެ.

ތަޢުލީމީ ދާއިރާގެ ޕޭ ހާމަނައިޒް ކުރެވިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އަންނަ މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް އެ ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. އަދި ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާއި، އިމާމުންނާ މުދިމުންނާއި، އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް ވިދާޅުވިއެވެ.