މިހާތަނަށް އެންމެ ގިނަ ގްރެމީ އެވޯޑް ހާސިލުކުރި ފަންނާނުގެ ރެކޯޑް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އަށް ލިބިއްޖެ އެވެ.
މިދިޔަ މަހު އާއިލާއާ އެކީ ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި ބިޔޯންސޭ އަށް ލިބުނު ގްރެމީގެ އަދަދަކީ މިހާރު 32 އެވެ. އެއީ ރޭ ބޭއްވި 65 ވަނަ ގްރެމީ އެވޯޑްސްގައި ލިބުނު ހަތަރު އެވޯޑާ އެކީގަ އެވެ. އެންމެ ފަހުން ނެރުނު އަލްބަމް "ރެނަސަންސް" އިން ބިޔޯންސޭ އަށް ވަނީ އަލްބަމް އޮފް ދި އިޔާ އާއި ސޯންގް އޮފް ދި އިޔާގެ އެވޯޑް ވެސް ލިބިފަ އެވެ.
Beyoncé accepts her 32nd #Grammy as she breaks the record for the most wins of all time. https://t.co/2B9c9dS1WD pic.twitter.com/5yfLlJXSv2
— Variety (@Variety) February 6, 2023
ކުރިން އެންމެ ގިނަ ގްރެމީ އެވޯޑް ހާސިލުކުރި ފަންނާނަކީ ހަންގޭރީ ދަރިކޮޅުގެ އިނގިރޭސި ފަންނާނު ޖޯޖް ސޯލްޓީ އެވެ. މީގެ 26 އަހަރު ކުރިން 1997 ގައި މަރުވެފައިވާ ފަންނާނަށް ޖުމްލަ 31 ގްރެމީ ލިބިފައިވެ އެވެ.