Last Updated: June 9, 09:41
Tuesday, June 9, 2026
ޚަބަރު

ބްރިޖް ޝެޑިއުލާ އެއްގޮތަށް ކުރިއަށް އެބަދޭ: ރައީސް

ތިލަމާލެ ބްރިޖްގެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ މައި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ، މާލެ ސަރަޙައްދާއި މުޅި ރާއްޖެއަށް އޭގެ މަންފާ ލިބޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަމާއި، ޕޯޓުގެ ބޭނުމަށް އިތުރަށް ބޭނުންވާ ބިން، ފަހުން އިތުރުކޮށްފައިވާ ބިމާ ގުޅައިލުމުގެ އަމަލީ މަސައްކަތް މިހާރު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެތިން މަސްތެރޭ މީގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ތިލަމާލެ ބްރިޖްގެ މަސައްކަތް، ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް އެބަދޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ބްރިޖުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމަށް ރައިސް ސޯލިހް ވިދާޅުވިނަމަވެސް، އެ މަސައްކަތް ލަސް ކަމަށްބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި ބްރިޖުގެ މަސައްކަތް ކުރިއަށްގެންދާގޮތާ ގުޅޭގޮތުންވެސް ސަރުކާރުން ފާޑުކިޔުން އަމާޒުވެފައިވެއެވެ.