Last Updated: June 9, 09:41
Tuesday, June 9, 2026
ޚަބަރު

ޕީޕީއެމުން މާލޭގައި މުޒާހަރާ ކުރަނީ

ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލޭގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އިދިކޮޅުން މާލޭގައި މުޒާހަރާ ފަށާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަން މަޖިލީހަށް ވަޑައިގަތުމުން މަޖިލިސް ހިމެނޭ ސަރަހައްދުގައެވެ.

އެ މުޒާހަރާ ހުއްޓާނުލާ މާލޭގެ މަގުތަކުގައި މިހާރުވެސް އިދިކޮޅުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

މި މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބައިވެރިވަމުންނެވެ. މި މުޒާހަރާގެ ތެރެއިން މިހާތަނަށް ހަތް މީހަކު ހައްޔަރު ކޮށްފައިވާއިރު މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސާ މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕަސްޕްރޭ ޖަހާފައިވެއެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.