Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކުޅުދުއްފުށީގައި "ކަމަނަ އެވޯޑް" ދެނީ

އަންހެނުންގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް، އަންހެނުން ކުރިއަށްދާން ހިތްވަރު ދިނުމުގެ ގޮތުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން "ކަމަނަ އެވޯޑް" ގެ ނަމުގައި އެވޯޑެއް ދޭން ނިންމައިފި އެވެ.

އަލަށް ތައާރަފުކުރާ މި އެވޯޑް ފުރަތަމަ ދޭން ހަމަޖހިފައި ވަނީ އަންނަ މަހު ފާހަގަކުރާ އަންހެނުންގެ ދުވަހު އެވެ. "ކަމަނަ އެވޯޑް" އަކީ ކޮންމެ ފަސް އަހަރުން އެއް ފަހަރު ދޭ ގޮތަށް ތައާރަފުކުރާ އެވޯޑެކެވެ.

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން މިހާރު ވަނީ މި އަހަރުގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. ސުންގަޑި އަކީ މި މަހުގެ 16 އެވެ.

"ކަމަނަ އެވޯޑް" ދޭން ނިންމާފައި ވަނީ 9 ދާއިރާއަކުންނެވެ. އެއީ ސިއްހީ ދާއިރާ، ސިޔާސީ ދާއިރާ، ތައުލީމީ ދާއިރާ، ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައުގެ ދާއިރާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ އެވެ.