Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅަން އާރްސީސީއަށް

މ. ކޮޅުފުށީގައި ހައުސިން ޔުނިޓް އެޅުމަށް ރަޝީދް ކާޕެންޓްރީ އެންޑް ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އާރްސީސީއަށް ހަވާލުކޮށްފިއެވެ.

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅަން އާރްސީސީއަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 117.7 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ހައުސިން ޔުނިޓެއްގައި ހިިމެނޭނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މަޝްރޫއެކެވެ.