އަންނަ އެޕްރީލް މަހުން ފެށިގެން ވަކި އަދަދަކަށް ވުރެ މަތީގެ ޗެކުތައް ބަލައިނުގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ގައުމީ ބޭންކުން މި ގޮތަށް ނިންމީ ޗެކުންކުރާމުއާމަލާތް މަދުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ (އެމްއެމްއޭ) އިން މިދިޔަ ކަނޑައެޅި އުސޫލުގެ ދަށުންނެވެ. އެގޮތުން އޭޕްރީލް މަހުގެ 1 އިން ފެށިގެން 50،000ރ. ރުފިޔާ އިން މަތީގެ އަދި 3،000 ޑޮލަރުން މަތީގެ ޗެކުތައް ބަލައި ނުގަންނާނެ އެވެ.
ބީއެމްއެލްއިން ބުނީ އެ އަދަދުތަކަށް ވުރެ މަތީގެ ޗެކުތައް ބަލައިގަތުން ހުއްޓާލިޔަސް ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިންގ އަދި މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ބީއެމްއެލް އަދި އެހެން ބޭންކްތަކަށް ވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ.
ބީއެމްއެލް އިން މިހާރު ބާރު އަޅަނީ އޮންލައިންކޮށް މުއާމަލާތްތައް ހިންގުމަށެވެ.