ތިލަފުށިން ސިނާއީ ބޭނުމަށް ބިދޭސީންނަށް 99 އަހަރަށް ބިން ގަނެވޭ ގޮތަށް ހައުސިން ޑިވެލޮޕްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ވިއްކަން ހުޅުވާލައިފި އެވެ.
މިކަމަށް މި ހުޅުވައިލީ އެކަމާ ދެކޮޅަށް ގިނަ ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުމަށް ފާޑު ވެސް ކިޔާފައި ވަނިކޮށެވެ. އަދި ބިދޭސީންނަށް ބިން ވިއްކުމާ ދެކޮޅަށް މަލިޖީހަށް އިއްޔެ ހުށަހެޅި ގަރާރު ވެސް ބޭރުކޮށްލުމަށް ފަހު އެވެ.
Welcome to Maldives’ first virtual open bid for pre-sale of land from Thilafushi: https://t.co/zKkFe07q4c
Announcement: https://t.co/yLoNoOMM02 pic.twitter.com/dBp0IhBEGe— HDC (@hdcmaldives) February 7, 2023
ތިލަފުށިން ސިނާއީ ބޭނުމަށް ވިއްކަން ހަމަޖެހިފައި ވަނީ 57 ބިމެކެވެ. އެޗްޑީސީން ބުނީ ހަ ބާވަތެއްގެ ޕްލޮޓް ދޫކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އަދި އެންމެ ކުޑަ އަގެއްގެ ގޮތުގައި އަކަފޫޓަކަށް ދައްކަން ޖެހެނީ 1،700ރ. އެވެ.
ބިދޭސީންނަށް 99 އަހަރަށް ބިން ދޫކުރާ އިރު ދިވެހިންނަށް ބިން ވިއްކަން ނިންމާފައި ވަނީ ބިން މިލްކުކުރެވޭ ގޮތަށެވެ.
ބިން ވިއްކަން ކަނޑައެޅި ގޮތް:
* ޓައިޕް 1: 2،500-4،999 އަކަފޫޓް
* ޓައިޕް 2: 5،000- 9،999 އަކަފޫޓް
* ޓައިޕް 3: 10،000- 14،999 އަކަފޫޓް
* ޓައިޕް 4: 15،000- 19،999 އަކަފޫޓް
* ޓައިޕް 5: 20،000-29،999 އަކަފޫޓް
*ޓައިޕް 6: 30،000-35،000 އަކަފޫޓް
މީގެ ތެރެއިން އެންމެ ގިނަ އަދަދެއްްގެ ޕްލޮޓް ދޫކުރަނީ ޓައިޕް ދޭކުންނެވެ. ކްނެވެ. އެ ސައިޒުގެ 20 ބިމާއި ޓައިޕް 1 ގެ 14 ބިމާއި ޓައިޕް 3 އަދި 4 ގެ ހަތް ބިމާއި ޓައިޕް 5 އާއި ޓައިޕް 6 ގެ އެއް ބިން ވިއްކާނެ އެވެ. ޓައިޕް 1 ގެ ބިންތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 150،000ރ. ހުށަހަޅަން ޖެހެ އެވެ. ޓައިޕް 2 އަށް ތިން 300،000ރ، ޓައިޕް 3 އަކަށް 500،000ރ، ޓައިޕް 4 އަކަށް 700،000ރ،، ޓައިޕް 5 އަކަށް އެއް މިލިއަން އަދި ޓައިޕް 6 އަކަށް 1.3 މިލިއަން ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެ އެވެ.
އެޗްޑީސީން ނިންމާފައި އޮތީ ބީލަމުގެ އުސޫލުން ދެ މަރުހަލާއަކަށް ބިން ވިއްކުމަށެވެ. ފުރަތަމަ މަރުހަލާގައި ޖެހޭނީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާށެވެ. ދެވަނަ މަރުހަލާ އަކީ އީއޯއައި ހުށަހަޅާފައިވާ ބިމަށް ބީލަން ހުށަހެޅުމެވެ.
Walkthrough of Hdc Bid Portal: https://t.co/za7ObrCfYO
The video will guide you through our Thilafushi pre-sale process. Keep in mind that verification & approval of all stages in the portal may take 24hrs. pic.twitter.com/0UHkn4cnRC— HDC (@hdcmaldives) February 7, 2023
ބިންތަކަށް ބީލަން ހުށަހަޅަން ޖެހެނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.