Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މާލެ ކައުންސިލާ ދެކޮޅު މައްސަލަ ބަލައެއް ނުގަތް

މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ކައުންސިލާ ދެކޮޅަށް އެ ކުންފުނިން މައްސަލަ ކޯޓަށް ހުށަޖހެޅި މަގުތައް ކޮނުމަށް ސިޓީ ކައުންސިލުން ދޫކުރާ ހުއްދަތަކުގެ އަގުބޮޑުކޮށްފައިވާ ކަމަށް ބުނެ އެވެ.އެހެންވެ ސްޓެލްކޯ އިން ކޯޓަށް ހުށަހެޅީ މައްސަލައިގައި އެދިފައި ވަނީ އެ އަގުތައް ބޮޑުކުރި އުސޫލު ބާތިލުކޮށް ދިނުމަށެވެ.

އެ ކުންފުނިން މައްސަލަ ހައި ކޯޓަށް ހުށަހެޅީ މި މަހުގެ 2 ގަ އެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ ކައުންސިލުން އަގުތަކަށް ގެނައި ބަދަލުތަކަކީ ރައްޔިތުންނަށް ޖެއްސުންކޮށް މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ގަސްތުގައި ސިޓީ ކައުންސިލުން ނިންމުމެއް ކަމަށެވެ. އެގޮތުން އެކަން ބާތިލުކޮށް ދިނުމުގެ އަމުރަކާ އެކީ އެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން އެ އަމުރަށް އަމަލުކުރުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް ވެސް ސްޓެލްކޯއިން އެދުނެވެ.

މައްސަލަ ކޯޓުން ބަލައި ނުގަންނަން ނިންމީ މައްސަލަ ހުށަހެޅި އިރު ޤާނޫނާ ޚީލާފުވިކަމަށް ބުނެ ސްޓެލްކޯއިން އުފުލި ދައުވާގައި ސިޓީ ކައުންސިލުގެ އުސޫލުތައް ޤާނޫނާ ޚިލާފުވި ގޮތެއް ބަޔާންކޮށް ދީފައި ނެތުމުންނެވެ.