މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެމްބަރެއްއްގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރަން ސަރުކާރުން ނިންމީ މިދިޔަ މަހު 8 ގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު ގައިސް އިސްތިއުފާ ދެއްވުމުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވި، ރައީސްގެ ސިޓީގައި ވިދާޅުވެފައު ވަބޫ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަން ކުރުމަށްޓަކައި އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލި މީހުންގެ ތެރެއިން އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބުން ނަންތައް މަޖިލީހަށް ފޮނުއްވީ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ފޭދޫ ބޯގަންވިލާ، މަރިޔަމް މުނާ އާއި ހއ. ހޯރަފުށީ ރިވޯޑް އައިމިނަތު ނުޒުހާ އާއި ރިވޯޑް، ވ. ރޯޝަން ހުސެއިން އަމްރު އާއި ދ. ކުޑަހުވަދޫ ފިނިވާދީ ޝާން ސޯލިހު މުހައްމަދުގެ އިތުރުން ގދ. ތިނަދޫ މުޝްތަރީގޭ މަރިޔަމް ނަރީމާން ޝަރީފެވެ.
މިއަދުގެ ޖަލްސާފައި ވަނީ މި ނަންތައް ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމީޓީއަށް ފޮނުވަން ނިންމައިފަ އެވެ.