Last Updated: July 27, 13:32
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ "ޖަވާން" އަށް އޯޕަން ޑޭއެއް

މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ދެވަނަ ފިލްމު "ޖަވާން" ގެ ވީއެފްއެކްސް ނުވަތަ ސްޕެޝަލް އިފެކްޓްކްސް ހަދާނެ ބަޔަކު ހޯދުމަށްޓަކައި މި މަހުގެ 12 ވަނަ ދުވަހު ހާއްސަ އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.

މިކަން ކުރިއަށް ގެންދަނީ ކާމިޔާބު އެކްޓަރުގެ އަމިއްލަ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓް ވީއެފްއެކްސް ގޮފި، ރެޑް ޗިލީޒް ވީއެފްއެކްސްއިންނެވެ. އެގޮތުން އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ޖަވާން" ގައި ހިމެނޭ ވީއެފްއެކްސްގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ މީހުންނަށް މި މަހުގެ 12 ގެ ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް އޯޕަން ޑޭ ރެޑް ޗިލީވްި ވީއެފްއެކްސް ސްޓޫޑިއޯގައި ކުރިއަށް ދާނެ އެވެ.

އެގޮތުން ޝައުގުވެރިވާ މީހުންނާ ވަގުތުން އިންޓަވިއުކޮށް، އެންމެ ރަނގަޅު ބަޔަކު ހޮވާނެ އެވެ.

ދެހާސް އެކާވީހުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފެށި "ޖަވާން" އަކީ މަޝްހޫރު ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ ފިލްމެކެވެ. މީގެ ކާސްޓުން ޝާހްރުކާ އެކީ ފެންނާނެ ތަރިންގެ ތެރޭގައި ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އާއި މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އާއި ސާނިއާ މަލްއުތުރާ އާއި ސުނިލް ގްރޯވާ އާއި ޕްރިޔަމަނީ އާއި އާސްތާ އަގަރްވާލްގެ އިތުރުން ޓީވީ ބަތަލާ ރިދީ ޑޮގްރާ ހިމެނެ އެވެ.

މި އަހަރުގެ ޖޫން 2 އަށް ތާވަލުކޮށްފައިވާ "ޖަވާން" ގެ ވަރަށް ހާއްސަ ފެނިލުމެއްގައި ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު މިދިޔަ މަހުގެ 25 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި އެކްޝަން ތުރިލާ "ޕަތާން" ގެ ބަތަލާ ދީޕިކާ ޕަދްކޯން ވެސް ހިމެނެ އެވެ.

"ޖަވާން" އަށް ފަހު ދެން މި އަހަރު ޝާހްރުކް ފެންނާނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޑިސެމްބަރުގައި ގެނެސްދޭ ސޯޝަލް-ކޮމެޑީ "ދުންކީ" އިންނެވެ.