Last Updated: July 16, 15:35
Thursday, July 16, 2026
ކުޅިވަރު

100 ވަނަ ވޯލްޑް ކަޕް ދެކުނު އެމެރިކާގައި

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގެ 2030 ވަނަ އަހަރުގެ މުބާރާތް ދެކުނު އެމެރިކާގައި ބާއްވަން ހުށަހަޅައިފި އެވެ.

އެ ބައްރަށް ނިސްބަތްވާ ހަތަރު ގައުމަކުން ވަނީ މުބާރާތް ހޯސްޓްކުރަން ޝައުގުވެރިވާތީ ސައުތު އެމެރިކަން ފުޓްބޯލް ކޮންފެޑެރޭޝަނުން ވަނީ ފީފާ އަށް އެކަން މިހާރު ހުށަހަޅައިފި އެވެ. އޭގެ ތެރޭގައި ހިމެނެނީ މި އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީ އާއި ޗިލީގެ އިތުރުން ޕެރޫ އަދި އުރްގުއޭ އެވެ.

މި ހަތަރު ގައުމުން ވޯލްޑް ކަޕް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށް ބުނެފައި ވަނީ 2030 ގެ މުބާރާތް ދެކުނު އެމެރިކާގައި ބޭއްވުން ވާނީ 100 ވަނަ މުބާރާތާ އެކީ ވޯލްޑް ކަޕްގެ އޭގެ އަސްލަށް ރުޖޫއަށްވުން ކަމަށެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕް މުބާރާތް ބޭއްވީ އުރްގުއޭގަ އެވެ. އަދި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނަކީ ވެސް އުރްގްއޭ އެވެ. އެ ގައުމުން ދެ ފަހަރު ވޯލްޑް ކަޕް ހޯދާފައިވެ އެވެ.

އާޖެންޓީގައި ވޯލްޑް ކަޕް އެންމެ ފުރަތަމަ ވޯލްޑް ކަޕް ބޭއްވީ 1978 ގަ އެވެ. އަދި ޗިލީގައި 1962 ގައި މުބާރާތް ބޭއްވި އެވެ.

ދެކުނު އެމެރިކާގެ ހަތަރު ގައުމަކުން 2030 ގެ ވޯލްޑް ކަޕް ބާއްވަން ހުށަހެޅި އިރު، އެ މުބާރާތަށް ސްޕެއިނާއި ޕޯޗްގީޒް އަދި ސައުދީ އަރަބިއްޔާ އާއި މޮރޮކޯ ވެސް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ވޯލްޑް ކަޕް ބާއްވާ އިރު 2026 ގެ މުބާރާތް ހޯސްޓްކުރާނީ އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގަ އެވެ.