Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޖޭޕީގެ ގައުމީ ޖަލްސާ މި މަހުގެ 23 ގައި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ވެސް ނިންމާ ގޮތަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގައުމީ ޖަލްސާ މި މަހުގެ 23 ގައި ބާއްވަން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން ގައުމީ ޖަލްސާ ބޭއްވުމަށް ކައުންސިލުން ފާސްކުތީ މި މަހުގެ 23-26 އަށެވެ. ގައުމީ ޖަލްސާގެ ރަސްމީ ބައި މި މަހުގެ 24 އާއި 25 އަށް ދަރުބާރޭގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާ މެދު ވެސް ގޮތްތަކެއް ނިންމާނެ އެވެ.

ޖޭޕީން ވަނީ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުވުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. މިހާތަނަށް ލިބިފައިވާ އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ލީޑަރުގެ މަގާމު ޕާޓީގެ ރައީސްކަމަށް ބަދަލު ކުރުން ހިމެނެ އެވެ.