އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މަޝްހޫރު އެއް ކްލަބު ކަމަށްވާ، އާސެނަލްގެ ސްޓޭޑިއަމްގައި ރާއްޖޭގެ ނަން ޖަހައިފައިވާ ބިލްބޯޑެއް ހަރުކޮށްފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގެ ބޭރުގައި ޖަހާފައި ހުރި ބިލް ބޯޑުތައް އާ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ރާއްޖޭގެ ނަން ޖަހާފައިވަނީ ފޭން ކްލަބްތަކަށް ހާއްސަކޮށްފައިވާ ބިލްބޯޑުގަ އެވެ. އެ ބިލްބޯޑު މިއަދު އާސެނަލްގެ ސްޓޭޑިއަމްގެ ބޭރުގައި ހަރުކޮށްފައިވާއިރު ރާއްޖޭގެ ނަން ޖަހައިފައި ވަނީ "އާސެނަލް މޯލްޑިވްސް" މިހެންނެވެ.
We All Follow The Arsenal.
(5/8) pic.twitter.com/vDlddlV2wg
— Arsenal (@Arsenal) February 7, 2023
މީގެ ކުރިން އެ ސްޓޭޑިއަމްގެ ބޭރުގައި ހުރި ބިލްބޯޑުތަކުގައި ޖަހާފައި ހުރީ އެ ކްލަބަށް ކުޅުނު ކުރީގެ ކުޅުންތެރިންގެ ފޮޓޯ އެވެ.
ޕްރިމިއާ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާ އެކު މިވަގުތު އޮތީ އާސެނަލް އެވެ. އާސެނަލް އަށް އެންމެފަހުން ލީގު ކާމިޔާބު ކުރެވުނީ 2004 ވަނަ އަހަރު ކަމަށްވާއިރު އެ ކްލަބަކީ އިނގިރޭސި ފުޓްބޯޅައިގެ ތިން ވަނަ އަށް އެންމެ ކާމިޔާބު ކްލަބު ވެސް މެ އެވެ.