މި މަހުގެ ފުރަތަމަ ހަފުތާހެ ތެރޭގައި ރާއްޖެ އަށް ޖުމްލަ 31،922 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މި އަދަދާ އެކީ މި އަހަރު ފެށުނު ފަހުން އަދި މި މަހުގެ 7 އާ ހަމައަށް ރާއްޖެ އަށް ޓޫރިސްޓުންގެ އަދަދު ވަނީ 214،985 އަށް އަރައިފަ އެވެ. މިދިޔަ މަހު ރާއްޖެ އައީ ޖުމްލަ 172،532 ޓޫރިސްޓުންނެވެ.
މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އާއި އިންޑިއާގެ އިތުރުން އިޓަލީންނެވެ. ރާއްޖޭގެ ޓޮޕް 10 މާކެޓްގެ ތެރޭގައި ދެން ހިމެނެނީ އިނގިރޭސިވިލާތް، ޖަރުމަން، އެމެރިކާ، ފްރާންސް، ޗައިނާ، ސްވިޓްޒަލޭންޑް އަދި ޕޮލޭންޑެވެ.
ރާއްޖޭން މި އަހަރު ކަނޑައަޅާފައި އޮތް ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.