Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މާލެ ކައުންސިލްގެ މައްސަލަ އަލުން ކޯޓަށް

މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން އަނެއްކާ ވެސް މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

އެ ކުންފުނިން ކައުންސިލާ ދެކޮޅަށް ކޯޓަށް ދިޔައީ މަގު ކޮނުމުގެ ފީ ބޮޑުކޮށް މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން އެދި އެވެ. އެގޮތުން މަގު ކޮނުމުގެ ފީ 154 ޕަސެންޓް ބޮޑުކޮށް ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯއިން ކުރިން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން އޮތީ ނިންމައިފަ އެވެ. މައްސަލަ ކުރިން ހުށަހެޅުމުން ބަލައިނުގަތީ ސިޓީ ކައުންސިލްގެ އުސޫލު ގާނޫނާ ޚިލާފުވާ ގޮތެއް ސްޓެލްކޯ އިން ހުށަހެޅި މައްސަލަ ބުނެދެވިފައި ނެތުމުންނެވެ.

އެހެންވެ އެ ކުންފުނިން ކުރިން ހުށަހެޅި މައްސަލަ އިސްލާޖޮށް އަލުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެކަމަކު އަދި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނުނިންމަ އެވެ.