Last Updated: July 16, 14:08
Thursday, July 16, 2026
ކުޅިވަރު

އިތުރު އަހަރަކަށް ސިލްވާ ކޮންޓްރެކްޓް އާކޮށްފި

ޗެލްސީ އަށް ކުޅެމުންދާ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓުރެކްޓް އިތުރު އެއް އަހަރަށް އާކޮށްފި އެވެ.

ސިލްވާ ،38، ބުނީ ޗެލްސީ އާއެކު އިތުރު އަހަރަކަށް މަޑުކުރަން ފުރުސަތު ލިބުމަކީ ލިބޭ ހާއްސަ އުފަލެއް ކަމަށެވެ. އާ ކޮންޓްރެކްޓާ އެކު ސިލްވާ ޗެލްސީގައި 2024 ގެ ޖޫންގެ ނިޔަލަށް ހުންނާނެ އެވެ.

ޕީއެސްޖީން 2020 ވަނަ އަަހަރު ސިލްވާ ޗެލްސީއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޗެލްސީއާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެ ކްލަބާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭގެފަހުން އޭނާ ވަނީ އެ ކްލަބާއެކު ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕެއް ކާމިޔާބުކޮށްފަ އެވެ.

ސިލްވާ ވަނީ ޗެލްސީ އަށް 103 މެޗު މިހާތަނަށް ކުޅެދީފަ އެވެ.