ޝެއިހް އަލީ ޒައިދު ޕްރޮޑިއުސްކޮށް ނެރުއްވާ ފުރަތަމަ އަލްބަމް "ކައިވެނި" މި މަހުގެ 18 ގައި ނެރެން ނިންމައިފި އެވެ.
އެކަން އޭނަ ވަނީ އަލްބަމްގެ ކަވަރާ ވެސް އެކީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިވެ އެވެ. "ކައިވެނި" އަލްބަމްގައި ހިމެނޭނީ ތާރައިގެ މިއުޒިކަށް ހަދާފައިވާ ކައިވެނީގެ ހަފުލާތަކަށް ހާއްސަ 16 މަދަހެވެ. މީގެ މަދަހަތައް ކިޔާފައިވާ ފަންނާނުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޝަލަބީ އިބްރާހީމް، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އަދި ހުސައިން އަލީ ހިމެނެ އެވެ.
"ކައިވެނި" އަލްބަމްގެ ހުރިހާ މަދަހެއް ވެސް ޒައިދު ކޮމްޕޯޒްކުރެއްވި އިރު، އޭނަގެ އަޑު ވެސް އަލްބަމުން އިވިގެން ދާނެ އެވެ.
Al-Hamd lillaahi!
👉 Kaiveni Album releasing on 18th Feb, Insha Allah! Kaiveni haflaathakugai jehumah, kaiveneege ufaaverikan ihusaas kurumah, thaara aa eku thayyaaru kurevunu enme furathama Album! Eheetheri vedhehvi enme beyfulhunnah v bodah shukuru dhannavan! 💚❤️💚 pic.twitter.com/k5NQkpyQXm— Ali Zaid (@alizaid1000) February 9, 2023
އަލްބަމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ މިއީ ކައިވެނި ހަފުލާތަކުގައި ޖެހުމަށާއި ކައިވެނީގެ އުފާވެރިކަން އިހުސާސްކުރުމަށް ތާރައާ އެކީ ތައްޔާރުކުރި ފުރަތަމަ އަލްބަމް ކަމަށެވެ.
"މިއަށް] އެހީތެރިވެ ދެއްވި އެންމެހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އޭނާ ވިދާޅުވި އެވެ.
"ކައިވެނި" އަލްބަމް އުފެއްދީ އަލް-ކައުން އާއި ކުޑައިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯ ގުޅިގެންނެވެ.