މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާން ހާއްސަކޮށްގެން ތަރައްގީކުރީ ކުޑަގިރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުޑަ އިރުކޮޅެއް ކުރިން ހުޅުވައި ދެއްވައިފި އެވެ.
އެ ރަށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ފައިސަލް ނަސީމައި ސަރުކާރުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ޢާންމުން ވެސް ބައިވެރިވެ އެވެ.
ކުޑަގިރި މިއަދު ހުޅުވި އިރު އެ ރަށުގައި ފުރަތަމަ ފަހަރަށް ދަތުރު ހަދާލުމުގެ ފުރުސަތު ދިނީ 300 މީހަކަށެވެ. އެގޮތުން މިއަދަށް މިދޔަ ބުރާސްފަތި ދުވަހު ބުކިން އަށް ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބުކިން ފުލްވެފައިވެ އެވެ.
This morning, President @ibusolih officially inaugurated @KudagiriMv Picnic Island. It was developed under the administration’s pledge to provide a designated picnic island for the residents of the greater Malé region. The island features modern facilities and services. pic.twitter.com/wACaGh7FmP
— The President's Office (@presidencymv) February 11, 2023
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ކުޑަގިރި މެނޭޖްކުރާ އިރު، މި ރަށުން ކޮންމެ ދުވަހަކު ވެސް 500-600 މީހުންގެ ޕިކްނިކް ދަތުރަށް ފުރުސަތު ދެވޭނެ އެވެ. މި ރަށަކީ ލޯންޗަކުން މާލޭން ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށެކެވެ.
ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރި ހުޅުވި އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާ ބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް ފަދަ އެތައް ކަމެއް މި ރަށުން ލިބެން ހުންނާނެ އެވެ.
— The President's Office (@presidencymv) February 11, 2023
ކުޑަގިރި އަކީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެން ތަރައްގީކުރި ރަށެކެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.