މާލޭގައި ހިންގި މާރާމާރިގެ މައްސަލައެއްގައި ގިނަ ބަޔަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.
މި މާރާމާރިއާ ގުޅިގެން ފުލުހުންގެ ހައްޔަރަށް 12 މީހަކު ގެންގޮސްފައިވެއެވެ.
އެ މީހުންގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން އިއްޔެ ކޯޓުން ވަނީ އޭގެތެރެއިން 4 މީހަކު ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ. އަދި 8 މީހުންގެ ބަންދު ޖަހާފައިވާއިރު ކޮންމެ މީހެއްގެވެސް ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.
މި މާރާމާރިއާ ގުޅިގެން ފުލުހުން މާލޭގެ ދެ ތަނެއްވެސް ބަލާ ފާސްކޮށްފައިވެއެވެ. ބަލާފާސްކުރި ތަންތަނުން މާރާމާރި ހިންގުމަށް ބޭނުންކުރެވޭ ތަކެތި ހޯދާފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވާ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.